ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ
ހއ. ހޯރަފުށީ ކައުންސިލުން، އެ ރަށަށް ނިސްބަތްވާ ފަޚްރުވެރި ދެ ފަންނުވެރިންކަމަށްވާ މަރުޙޫމް މަޑުލު މުޙައްމަދު ވަހީދާއި އާދަމް ސަލީމް (ހޯރަފުށީ ސަލީމް)ގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަންނިންމާފައިވާކަން ޢިއުލާންކޮށްފިއެވެ. އެ ދެ މުބާރާތަކީ މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތެވެ. މިކަން ޢިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ބޭއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ...