ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ފިއްލަދޫ އާއި ހޯރަފުށި ބައްދަލުކުރި މެޗުން ފިއްލަދޫ ކުރިހޯދާފައިވާއިރު، ކެލާ އަދި މުރައިިދޫ ބައްދަލުކުރި މެޗު މުރައިދޫ ކާމިޔާބުކޮށްފިއެވެ.

ހއ. އުތީމުގައި މިހާރު ކުރިއަށްގެންދާ މި މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހޯރަފުއްޓާއި ފިއްލަދޫ އެވެ. ފިއްލަދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުން ހޯރަފުށި ކައިރިން ކުރިހޯދައިގެންނެވެ. މިގޮތުން ބޮޑު ލީޑަކާއެކު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފިއްލަދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ހުޝާމް އެވެ.

Ad
rt

ފިއްލަދޫ އާއި ހޯރަފުށީ ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' ހޯދާފައިވަނީ ފިއްލަދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ހުޝާމް އެވެ.

މި މުބާރާތުގެ 10 ވަނަ މެޗު، މިއަދު ހަވީރު ފިއްލަދޫ އަދި ހޯރަފުށީ ބައްދަލުކުރި މެޗަށް ފަހު ކުޅެފައިވާއިރު، މި މެޗުގައި ވާދަކުރީ ކެލާ އަދި މުރައިދޫ ޓީމެވެ. ކެލާ ކައިރިން މުރައިދޫ މި މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާ އަކުން ކެލާ ޓީމު ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މުރައިދޫ ޓީމުގެ ރައިޝާން އަޙުމަދު ސަލީމް އެވެ. އަދި ދެވަނަ ގޯލު ޖަހާފައިވަނީ އެ ޓީމުގެ މުޙައްމަދު ނަޒްމީނު އެވެ.

ކެލާ އަދި މުރައިދޫ ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗް' ހޯދާފައިވަނީ މުރައިދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ނަޒްމީން އެވެ. މިއީ ނަޒްމީން މި މުބާރާތުގެ 'މޭން އޮފް ދަ މެޗް' ހޯދި ދެވަނަ ފަހަރެވެ.

މި މުބާރާތުގައި މިހާތަނަށް ސްކޯރ ބޯޑުގެ ކުރީގައި އޮތީ ގްރޫޕް އޭ ކެޓަގަރީން 4 ޕޮއިންޓާއެކު އިހަވަންދޫ ޓީމެވެ. އަދި ގްރޫޕް ބީ ކެޓަގަރީން ބޯޑުގެ ކުރީގައި އޮތީ ދިއްދޫ ޓީމެވެ.