ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ.
އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ ނިޔަލަށެވެ.
ނަމަވެސް ހއ.އަތޮޅު މަދަރުސާއިން މިހާރު ވަނީ އެ މުއްދަތު 3 ސެޕްޓެމްބަރު 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް އިތުރުކޮށްފައެވެ.
އެ މަދަރުސާގައި ގްރޭޑް 11ގެ ކިޔެވުން ފެށުމަށް ނިންމާފައި ވަނީ 14 ސެޕްޓެމްބަރު 2025 ވާ އާދީއްތަ ދުވަހުއެވެ.
ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ވައްދަން އެދި ހުށަހަޅާ ކުދިންގެ ހުންނަންޖެހޭ ތަޢުލީމީ ޝަރުތުތަކުގެ އިތުރުން އެފަދަ ކުއްޖަކު ވާންޖެހެނީ 31 ޑިސެމްބަރު 2025 އަށް 18 އަހަރު ނުފުރޭ ކުއްޖަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!