ކުޑަކުއްޖަކާ 12 އަހަރު ވަންދެން ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް
ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ […]