އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން 73 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހެޅުމުން، އެ މައްސަލަ ތަހުގީގު ކުރައްވަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ފުލުހުންގެ ނޯތު ސެންޓަރު ޕޮލިސް ރީޖަން (ކ. އއ. އދ. ވ. އަތޮޅު) ގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
''މި މައްސަލައާއިގުޅިގެން 73 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ'' ފުލުހުން ވިދާޅުވެފަވެއެވެ.
މިދިޔަ މަހުގެ 28 ގައި ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވެސް ފުލުހުން ވަނީ މިފަދަ މައްސަލައެއްގައި އުމުރުން ދުވަސްވީ މީހަކު މި ޖެނުއަރީމަހުގެ 29 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަޕަރ ނޯތު ޕޮލިސް (ހއ، ހދ، ށ) ގައި ހިމެނޭ ރަށަކުންނެވެ. މި މައްސަލާގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 60 އަހަރުގެ މީހެކެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!