ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ދެކުނު ޒޯނު (ގއ. ގދ. ޏ. އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު)ގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅުނުކަމަށެވެ.
މި މައްސަލައިގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފައިވާއިރު، ސެޕްޓެމްބަރު 11 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުވާ 57 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
''އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 12ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި'' ފުލުހުން ބުނެފަވެއެވެ.
ފުލުހުން ބުނީ، ޖިންސީ އަނިޔާ ލިބުނު މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަމަށްވާތީ، މިފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!