ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
އެހެންނަމަވެސް އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލާގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހުގެ އަހަރުތަކުގެ ވަރަށް ބޮޑަށް ފެންމަތިވެފަވެއެވެ. އޭގެތެރޭގައި ކުދިންގެ ޒިންމާ އެޅިފައިވާ މަގާމުތަކުގައި ތިބި މީހުންނާއި، ގާތްތިމާގެ މީހުންގެ ފަރާތުން ކުރާ ގޯނާގެ މައްސަލަތައް ވެސް ފެންމަތިވަމުން އާދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!