ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ.

މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރޭ ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ކުދިންގެ ބައްޕައެވެ.

ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް, އަނިޔާއެއް ނުވަތަ އިހުމާލެއް ވަމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ ގަބޫލު ކުރެވިއްޖެނަމަ ލަސް ނުކުރައްވާ ފުލުހުންގެ އިމަރޖެންސީ ނަންބަރު 119 އަށް ގުޅުމަށް ފުލުހުން ވަނީ ކުރިއްސުރެ އެދިފައެވެ.

ކުއްޖެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ހެދި ބޮޑުވުމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ އަމަލަކީ ކުޑަކުދިންނަށް ކުރެވޭ ގޯނާއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތަކަކީ:

  • އެއްވެސް ބާވަތެއްގެ ޖިސްމާނީ އަނިޔާއެއް
  • ޖިންސީ ގޯނާކުރުން
  • އިހުމާލުވުން
  • ދެރަކުރުމާއި ލަދު ގެންނެވުން
  • އުމުރާއި ނުގުޅޭ އަދަބު ދިނުން
  • އުމުރާއި ނުގުޅޭ ބަހުރުވައިން މުއާމަލާތް ކުރުން

މައްސަލަ ހުށަހަޅާނެ ގޮތް:

ފުލުހުންގެ ތިރީގައިވާ ނަމްބަރުތަކަށް ގުޅުއްވައިގެން 24/7 ގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅުއްވޭނެއެވެ.

އިމަރޖެންސީ 119

އާއްމު ނުވަތަ ނޮން އިމަރޖެންސީ 2111 332

މި ދެ ނަމްބަރުގެ އިތުރުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ތިރީގައިވާ ނަމްބަރުތަކަށްވެސް މައްސަލަ ހުށަހެޅުއްވޭނެއެވެ.

3000600

9790163

ފުލުހުންގެ އިތުރުން ތިރީގައި ފަރާތްތަކަށްވެސް ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅުއްވޭނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، 8393 332

ކުޑަކުދިންގެ ހެލްޕްލައިން، 1412