އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދިވެހި މީހާ ހައްޔަރު ކުރީ ފުލުހުންނަށް ފިލައިގެން އުޅޭތީ ފުލުހުންގެ ވެބްސައިޓުގައި އިއުލާން ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

Ad
rt

ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފުލުހުން މިފަދަ މައްސަލަތަކުގައި ގެންގުޅޭ އާންމު އުސޫލުގެ ދަށުން މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާގެ ތަފްސީލް އަދި ހާދިސާ ހިނގި ރަށެއް އާންމެއް ނުކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފުލުހުން ވަރަށް ސީރިއަސްކޮށް ނަގައެވެ.