18 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަން ހިނގާފައި ވަނީ ގދ. ގައްދޫ ގައެވެ.
މި މައްސަލައިގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް އަދި ނުދެއެވެ.
މިދިޔަ ޖޫން މަހު ފުލުހުންނަށް ވަނީ ޖިންސީ ގޯނާގެ 28 މައްސަލައެއް ހުށަހެޅިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!