11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 7 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުގައި އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިމަހުގެ 8 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އެމީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަހްގީގް ކުރައްވަމުންނެވެ.

ސައުތު ޕޮލިސް ރީޖަންގައި ހިމެނެނީ ގއ. ގދ. ސ އަދި ޏ އަތޮޅެވެ.

ރާއްޖޭގައި ޖިންސީގޯނާގެ މައްސަލަތައް އިތުރުވެ، އެފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރާ މިންވަރު ވެސް ވަނީ އިތުރުވެފައެވެ.