ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

Jinsee goanaa

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ދެކުނުގެ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިއްޔެގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ކުއްޖާގެ ވަނަވަރު ހިމާޔަތް ކުރުމަށް ފުލުހުން ވަނީ އެކަން ހިނގި ރަށް ސިއްރުކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވާ އާންމު މައްސަލައެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި