މާލޭގެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި އެވެ.
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މާލޭ ޕްރީ ސުކޫލެއްގައި ދަރިވަރަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުޖުމަތު ކުރަނީ އެސުކޫލުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތު މީހަކަށެވެ. މިމައްސަލަ ފެންމަތިވިއިރު ކުލާސް ޓީޗަރަށް ކުއްޖާ ހަވާލުކުރެވުނު، މަސައްކަތު މީހާ ނޭނގުމުގެ ސަބަބުން އެ ސުކޫލުގެ ހުރިހާ އަންހެން މަސައްކަތު މީހުންުވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތަކީ އެ ކުދިން ރަނގަޅަށް ބެލެހެއްޓި އަދި އެކުދިންނަށް ޒިންމާވާނެ ފަރާތެއް އަބަދުވެސް ކަނޑައެޅިފައި ހުންނަންވާނެ ކަމަށް ސުކޫލުތަކަށް އަންގާފައެވެ.
"ހާއްސަކޮށް ބޭބީ ނާސަރީ އަދި ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުން ފާހާނާއަށް ފޮނުވާ ވަގުތާއި އެހެނިހެން ހަރަކާތްތަކުގައި ދަރިވަރު ކުލާސް ޓީޗަރު ނޫން ފަރާތަކާ ހަވާލުކުރެވޭނެ ނަމަ އެއީ ކޮން ފަރާތެއްކަން ޓީޗަރުން ރަނގަޅަށް ކަށަވަރު ކުރައްވަންވާނެ އެވެ"
އެ ސާކިއުލާގައިވެ އެވެ.
އެގޮތުން ޕްރީ ސުކޫލްދަރިވަރުން ސުކޫލުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް އެކުދިންނާއި ޒިންމާވާނެ ޓީޗަރަކު ހުރިކަން ސުކޫލުތަކުގެ ޕްރިންސިޕަލުން ކަށަވަރު ކުރަންވާނެ ކަމަށް އެޑިއުކޭޝަނުން ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!