އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެމައްސަލައާއި ގުޅިގެން ފުލުހުން މިއަދު އާންމުކުރެއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، އެ އިދާރާގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕަރޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން، މިމައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

Ad
rt

މިމައްސަލަ ހުށަހެޅުމާއި ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލަ އާއި ގުޅިގެން ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ކުރަމުން ގެންދަވާ ކަމަށެވެ.

"މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް
ކުރަމުންގެންދާކަމުގައި ދަންނަވަމެވެ. މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން
އެންމެހާ ރައްޔިތުންނަށް އަރުވަމެވެ." ފުލުހުން ވިދާޅުވެފަ ވެއެވެ.

ކުޑަކުދިންނާއި މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ފުލުހުންގެ ފަރާތުން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގު
ކުރަމުންދާ މައްސަލަތަކަށްވާތީ، މިބާވަތުގެ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް އެ އިދާރާގެ ފެމެލީ
އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށާއި ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގެ ހިލޭ ގުޅޭ ނަންބަރ
1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އިލްތިމާސްކުރަށްވައެވެ.