އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރީ އެމްބަސީތަކުގެ ޝަކުވާ ލިބޭތީ: ދައުލަތް
ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ހައްޔަރުކުރީ އެމްބަސީތައް ކައިރީގައި މުޒާހަރާކުރާ މައްސަލާގައި ދިވެހި ސަރުކާރަށް އެމްބަސީތަކުގެ ޝަކުވާ ލިބެން ފެށުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލި މައްސަލާގައި ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ. ޝާދިޔާ ބަންދުކުރި […]