މި ދުނިޔެމަތީ ޙުކުމްކޮށް އަދަބު ދެވިދާނެ ކަމަށާއި، މާތް اللهގެ އިރާދަފުޅާއެކު އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެކަމަށް މަސްހޫރު ދީނީ ޢިލްމްވެރިޔާ، ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައެވެ.
ޑރ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާގެ މަގާމުގައެވެ.
ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ޓެގްކުރަށްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ " ތިޔަބައިމީހުންނަށް ޙުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައި"ކަމަށެވެ.
"الله އިރާދަކުރެއްވިއްޔާ އަޅުގަޑަށް ނިކަމެތި ކަމެއް ނުލިބޭނެ" އިޔާޒް ވިދާޅުވިއެވެ.
އިތުރު ޓްވީޓެއްގައި ޑރ. އިޔާޒް ވިދާޅުވީ އޭނާގެ ކޮމެންޓެއް ހޯދަން ވަރަށް ގިނަމީހުން ގުޅަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ ފަރާތުން ދަންނަވަން އޮތީ ފިރުޢައުނާއި މުޚާޠަބުކޮށް ސިހުރުވެރިން ދިން ޖަވާބު" އޭނާ ވިދާޅުވެފަވެއެވެ.
V gina faraayithakun Alhugadu ge comment eh hoadhan gulhuvvaathy Alhugadu ge faraathun dhannavan othy fir'aunu aai mukhaathabu koh sihuru verin dhin Javaabu. pic.twitter.com/lpp9sGhHY5
— Dr.Mohamed Iyaz (@dr_iyaz) July 1, 2021
ޑރ. އިޔާޒް ވަޒީފާއިން ވަކިކުރަށްވާފައި ވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ބައެއް މީޑިއާތަކަށް ވިދާޅުވެފަވެއެވެ.
ސޯޝަލް މީޑިއާގައި ޑރ. އިޔާޒް ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ މިއަހަރުގެ މާރިޗްމަހު އޭނާ ސަސްޕެންޑް ވެސް ކުރިއެވެ.
ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރުވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!