ސެއިޚް އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން ކަމަށް ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. އިޔާޒް މިހެން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާނާއި، ޑރ. އިޔާޒާއި ގުޅުވައިގެން، އިމްރާންގެ ފަރާތްޕުޅުން އިޔާޒަށް މަންފާ ލިބޭކަމަށް ބުނެ މީހަކު މީސް މީޑިއާގައި ދެއްކި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

Ad
rt

ޑރ. އިޔާޒް ވިދާޅުވީ، ސެއިޚް އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން ކަމަށާއި، މަލާމާތަކަށް އަނިޔާއަކަށް ނުގުޑާނެ ކަމަށެވެ. އަދި ނުވެސް ވިކޭނެވެސް ކަމަށެވެ.

''އަޅުގަނޑުމެންނަށް ސެއިޚް އިމްރާންގެ ފަރާތުން ލިބޭ މަންފާއަކީ، އެމަނިކުފާނުގެ އިޚްލާސްތެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަތުން، މަލާމާތަކަށް އަނިޔާއަކަށް ނުގުޑާނެ، ނުވިކޭނެ، މާއްދީގޮތުން ލިބޭ އެއްވެސް މަންފާއެއް ނެތް، މިވާހަކަ ތަކަކީ ތެދު ހަޤީޤަތްކަން މާތް ﷲ ދެނެވޮޑިގެންވާނެ،''

ޑރ. އިޔާޒް ވިދާޅުވިއެވެ.

''ސެއިޚް އިމްރާނާއިމެދު މީހަކު ކިތައްމެ އަނިޔާވެރިކޮށް ކަންތައްކޮށްފައި ވީނަމަވެސް އެކަމުގެ ބަދަލު ހިއްޕަވާކަށް ނޫޅުއްވާނެ، ޚިޔާލު ތަފާތު މީހުންނާއިއެކު މަސައްކަތްކޮށް ލަނޑު ދަނޑިއަށް ވާސިލްވާން ކުރެވެންހުރި ހުރިހާ މަސައްކަތެއް ﷲގެ ރަޙްމަތާއެކު ކުރަށްވާނެ''

އިތުރަށް ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ.

ޑރ. އިޔާޒަކީ އަބަދުވެސް މީސްމީޑިއާގައި ޚިޔާލު ފާޅުކުރައްވަމުން ގެންދަވާ ޢިލްމު ވެރިއެކެވެ. ފަކަހަށް އައިސް ޑރ. ޚިޔާލުފާޅު ކުރެއްވުމުގެ މިނިވަންކަމުގެ ތެރެއިން، ކުރަށްވަމުން ގެންދަވާ ބައެއް ޓުވީޓު ތަކާއި ގުޅިގެން، އޭނާ ވަޒީފާ އަދާކުރަށްވާ ޔުނިވާސިޓީގެ ގަދަރު ކުޑަވާ ކަމަށް ބެލެވިގެން އޭނާ އަށް އެ ޔުނިވާސިޓީން ލިޔުމުން ވަނީ ނަސޭހަތް ވެސް ދީފައެވެ.