ބަޖެޓް 2022: ކުޅުދުއްފުށީ ސިޓީގައި އަލަށްފަށާ 8 މަޝްރޫޢުއެއް
އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު އެ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކުޅުދުއްފުށީ ސިޓިގައި އަލަށް ފަށަން ހިމަނާފައިވާ 8...