ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
ހއ. ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލަފައިވާ ކަމަށެވެ. އެގޮތުން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ 13 ފެބުރުވަރީ އިން 19 އެޕްރީލް ގ...