އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހަށް މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

Ad
rt

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 88 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އަންނަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މިއީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންނާ އަޅާބަލާއިރު ލައްކައެއްގެ ދަށްވުމެކެވެ.

ބަޖެޓްގެ މުހިއްމު ހިސާބުތައް

- ޖުމްލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ

- އާމްދަނީ: 24.2 ބިލިއަން ރުފިޔާ

- ޕީއެސްއަައިޕީ: 6.2 ބިލިއަން ރުފިޔާ

- ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ

- ޖުމްލަ ހަރަދު: 34 ބިލިއަން ރުފިޔާ

ބަޖެޓުގެ އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ މުވައްޒަފުންގެ ހަރަދުތަކަށެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ 26 އިންސައްރަ ހޭދަކުރަނީ ސަރުކާރު މުވައްޒަފުންނަށެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގެ 17 އިންސައްތަ ހޭދަކުރާއިރު އޮފީސްތައް ހިންގަން ބަޖެޓުން 12 އިންސައްތަ ހޭދަކުރާނެއެވެ.

މި ބަޖެޓު މިއަދު މަޖިލީހަށް ހުށަހެޅި ނަމަވެސް މި ބަޖެޓު ފައިނަލް ކުރާނީ މަޖިލީހުގެ ބަހުސްތަކަށްފަހުއެވެ. އެހެންވެ މި ބަޖެޓު ބަދލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.