މޫޑީސް އިން ރާއްޖެއަށް ރޭޓިން ދީފައިވަނީ އިގްތިސާދަށް އައި ބަދަލުތަކަށް ރިއާޔަތް ނުކޮށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މޫޑީސް އިން ރޭޓިން ދަށްކުރިއިރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ދަރަނި ދެއްކޭނެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

Ad
rt

މޫޑީސް އިން ވަނީ ރާއްޖޭގެ ދަރަނި އިތުރުވެ ދެއްކުން ލަސްވާނެ ކަމަށް ލަފާކޮށް ރޭޓިން ބީ3 އިން ސީއޭއޭ1 އަށް ދަށްކޮށްފައެވެ. ކުރިއަށް އޮތްތާނގައި ރާއްޖޭގެ ދަރަނި އިތުރު ވާނެ ކަމަށް ވެސް އެ އޭޖެންސީން ވަނީ ލަފާކޮށްފައެވެ.

ފިނޭންސް އިން ބުނީ ކޯވިޑްގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މިހާރު ބޮޑު ބައެއް ރިކަވާ ކުރެވިފައިވާ ކަމަށެވެ. އަދި ޓޫރިޒަމްރަނގަޅުވެފައިވާއިރު ދައުލަތުގެ އާމްދަނީވެސް ރަނގަޅުވަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ މިހާތަނަށް އެއްވެސް ލޯނެއް ޑިފޯލްޓް ނުވެ ދެއްކުނު އިރު ކުރިއަށް އޮތްތަނުގައިވެސް އެކަން އެގޮތަށް ކުރެވޭނެ ކަމަށެވެ.

މޫޑީސް އިން ރާއްޖޭގެ އައުޓްލުކް ނެގެޓިވް އިން ސްޓޭބަލް އަށް ބަދަލު ކުރުމަކީވެސް ދަރަނި އަދާ ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެ އޭޖެންސީން ވެސްބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ފިނޭންސް އިން ބުންޏެވެ.