އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހއ. އަތޮޅުގެ 14 ރަށުގައި އަލަށް 32 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހއ. އަތޮޅުގެ 14 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ،
ހއ. ތުރާކުނު
- ޒޯން 1 ގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)
މީގެއިތުރަށް ތުރާކުނަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް ދެ މަޝްރޫޢުއެކެވެ. ތުރާކުނުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3،527،281 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. އުލިގަމު
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް އުލިގަމަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއެކެވެ. އުލިގަމުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 13،530،205 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ހޯރަފުށި
- ހޯރަފުށީ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 500،000 ރުފިޔާ
- ހޯރަފުށީ ބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކުރުން (އަލަށްފަށާ) 345،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
- ޒޯން 1 ގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުން (އަލަށްފަށާ)
މީގެއިތުރަށް ހޯރަފުއްޓަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، އެވޯޑް ކުރެވިފައިވާ މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 22،786،907 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. މޮޅަދޫ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މޮޅަދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި ޕްރީޓެންޑަރިންގައި އޮތް މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 6،036،665 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. އިހަވަންދޫ
- އިހަވަންދޫ އައު ހޮސްޕިޓަލް (އަލަށްފަށާ)، 17،567،235 ރުފިޔާ
- އިހަވަންދޫ މަގުހެދުން (އަލަށްފަށާ)، 10،500،000 ރުފިޔާ
- އިހަވަންދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ގާއިމުކުރުން، (އަލަށްފަށާ)، 780،000 ރުފިޔާ
- އިހަވަންދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް އިހަވަންދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 3 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 35،858،491 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. މާރަންދޫ
- މާރަންދޫ ފުޓްބޯޅަ ދަނޑު ވަށާފާރު އަދި ފެންސް މަރާމާތުކުރުން (އަލަށްފަށާ)، 75،000 ރުފިޔާ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މާރަންދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،659،620 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ތަކަންދޫ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ތަކަންދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 4 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8،657،430 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. އުތީމު
- އުތީމު ފުޓްބޯޅަ ދަނޑު ގާއިމުކުރުން (އަލަށްފަށާ)
- އުތީމު މިސްކިތް މަރާމާތުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް އުތީމަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޕްރީޓެންޑަރިންގައި އޮތް މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8،764،345 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. މުރައިދޫ
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް މުރައިދޫއަށް އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،283،576 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ބާރަށް
- ސައިޓްތައް މަރާމާތު ކުރުމާއި، ސައިޓް މިއުޒިއަމް ގާއިމްކުރުން (އަލަށްފަށާ)
- ބާރަށު ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ބާރަށުގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 7 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 2 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4،195،073 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ދިއްދޫ
- ދިއްދޫ އައު ހޮސްޕިޓަލް އިމާރާތް (އަލަށްފަށާ) 17،567،235 ރުފިޔާ
- ދިއްދޫ ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ދިއްދޫގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 6 މަޝްރޫޢޫއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 58،974،014 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ކެލާ
- ކެލާ ކުޑަކުދިންގެ ޕާކް ތަރައްގީކުރުން (އަލަށްފަށާ)
- ސައިޓްތައް މަރާމާތު ކުރުމާއި، ސައިޓް މިއުޒިއަމް ގާއިމްކުރުން (އަލަށްފަށާ)
- ކެލާ ޕޮލިސް ސްޓޭޝަން ގާއިމުކުރުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ކެލާގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 6 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 2 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 3 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،930،649 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ވަށަފަރު
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ވަށަފަރުގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7،403،804 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
ހއ. ފިއްލަދޫ
- ފިއްލަދޫ ސިއްހީމަރުކަޒުގެ ވަށާފާރު ރޭނުން (އަލަށްފަށާ)
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް (އަލަށްފަށާ)
މީގެއިތުރަށް ފިއްލަދޫގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 3 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 4 މަޝްރޫޢުއެކެވެ. މިރަށުގައި އަންނަ އަހަރު ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 10،790،108 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާއިރު، ދެން އޮންނާނީ ބަޖެޓާއި މެދު މެންބަރުން ތަޅުމުގައި ބަހުސް ކުރެއްވުމެވެ. އަދި ބަޖެޓް ކޮމެޓީއަށް ފޮނުވައި ކޮމެޓީ މަރުހަލާގައި އެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ. ބަޖެޓް ފާސްކުރާނީ ކޮމެޓީން ނިންމާ ރިޕޯޓް ތަޅުމަށް ފޮނުފައި، ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!