ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަނީ

Kumundhoo School

ހދ. ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.

މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ ކުމުންދޫ ސްކޫލުގައި 12 ކްލާސްރޫމް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މިމަސައްކަތްތަކަށް  ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށް ފިނޭންސް މިނިސްޓްރީގެ އެ ޢިއުލާންގައި ވިދާޅުވެފަވެއެވެ.

މި މަޝްރޫޢުއާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް މެދުވެރިކޮށް މިމަހުގެ 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެ މިނިސްޓްރީއެއް އެ ސުވާލެއް ފޮނުއްވުމަށް ފިނޭންސްގެ ޢިއުލާނުގައި އެދިލައްވާފައި ވެއެވެ.

މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓު ފިނޭން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އެ މިނިސްޓްރީގެ ވެބްސައިޓަކީ www.finance.gov.mv އެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބިޑުތައް ހުޅުވަން ހަމަޖައްސާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ  ޖަލްސާކުރާ މާލަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި