މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަނީ
Raajje

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަނީ

ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަން އިޢުލާން ކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، ހޯދަން އިޢުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، ޢަމީދު ޢަބްދުﷲ (24އ) އެވެ. ފުލުހުން ބުނެފައިވަނީ އެއީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ. ޢަމީދު ޢަބްދުﷲ އާގުޅޭ...

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި
Raajje

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލަދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ. އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. މި މަހުގެ 25 ވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ހައްޔަރު ކުރުމަށްފަހު، ދައުލަތުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި […]

މޮސްޓާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މޮސްޓާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ. “ތިލަދުން” އިން ކުރި ސުވާލެއްގެ ޖަވާބުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް […]

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މާރިޔާ
Raajje

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން: މާރިޔާ

ހަރުކަށި ފިކުރު ފެތުރިޔަނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ދިފާއީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އައްޑޫ ސިޓީ ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އައްޑޫ ސިޓީ އާއި މާލެ އަތޮޅުގައި ކައުންޓާ ޓެރަރިޒަމާއި ދެކޮޅަށް މިހައިތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށެވެ. މާރިޔާ ވަނީ މުޖުތަމައުގައި މިފަދަ ނުރައްކާތައް […]

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
Raajje

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނީ ހުޅުމާލޭ ބީޗް ކްލަބަށްވަދެ ކަމަށެވެ. އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ […]

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި
Raajje

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް […]

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަޠު ހުޅުވާލައިފައި ވަނީ ފުލުހުންގެ “ކޮންސްޓަބަލް” ގެ މަޤާމަށް މީހުން ހޯދުމަށެވެ. މި ވަޒީފާއަށް ހޮވޭ މީހުންގެ މަސްއޫލިއްޔަތަކީ ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމެވެ. މިވަޒީފާގައި ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 4،650 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގަ...

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިއްޖެ
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިއްޖެ

ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ބާރުގަދަ ގޮވުންތައް ގޮއްވާލަން ބޭނުންކުރާ ކެމިކަލް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގާ ހައްޔަރުކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލައިފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ސައްކުކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް ޗެކް ކޮށްފައިވާ ކަމަށެވެ. އަދި އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހި...

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

މި މަހުގެ 12 ވަނަ ދުވަހު މާލެ އަތޮޅާއި އައްޑޫގެ ބައެއް ސަރަހައްދުތަކުގައި ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ މި މީހުންގެ ތެރެއިން 5 މީހެއްގެ ބަންދަށް 15 ދުވަސް، 4 މީހެއްގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، 5 މީހެއްގެ މައްޗަށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމަުރުކޮށްފައި ކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 […]

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް
Raajje

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހަ މީހުންގެ ބަންދަަށް 15 ދުވަސް

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގ...

ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
Raajje

ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

މާލެ ސިޓީގެ ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރަައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސް...

13 ކިލޯގެ މަަސްތުވާތަކެއްޗާއެކު 6 ލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފި
Raajje

13 ކިލޯގެ މަަސްތުވާތަކެއްޗާއެކު 6 ލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފިއެވެ. މިކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި މިތަކެތި އަތުލާފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުންނެވެ. މި އޮޕ...

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ  ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. އިމްރާން ވިދާޅުވީ އެކި މަރުހަލާތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި އެންމެ އިސްކަމެ...

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ތަންތަން ގޮއްވަން: ފުލުހުން
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ތަންތަން ގޮއްވަން: ފުލުހުން

ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރު ކުރިމީހުން އުޅުނީ، ނިރުބަވެރި ޖަމާއަތެއްކަމަށްވާ،އިސްލާމިކް ސްޓޭޓް (އައިއެސް)އާއި ގުޅިގެން ތަންތަން ގޮއްވަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިން ގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އައ...

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސައްހަނޫން ޑޮލަރު ބޭނުން ކޮށްގެން މަކަރާއި ހީލަތުން މޮބައިލް ފޯނެއް ގަންނަން އުޅުނީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދޮވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެ އެވެ. […]