ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން މޮބައިލް ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސައްހަނޫން ޑޮލަރު ބޭނުން ކޮށްގެން މަކަރާއި ހީލަތުން މޮބައިލް ފޯނެއް ގަންނަން އުޅުނީ އުމުރުން 21 އަހަރުގެ މީހެއް ކަމަށެވެ. އަދި އެއީ ދޮވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެ އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުން ވެސް ގިނަވެފައިވާއިރު، އަސްލު ނޫން ސްލިޕް ބޭނުން ކޮށްގެން ވިޔަފާރި ކުރުމުގެ މުއާމަލާތްތައް ވެސް އަންނަނީ އިތުރުވަމުން ނެވެ. އަދި އެފަދަ ކަންކަމުގައި ހައްޔަރުކުރި ނަމަވެސް، ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުވާވަރަަށް ހެއްކާއި ގަރީނާ ނުލިބޭތީ، އެފަދަ މީހުން އަނެއްކާވެސް މުޖުތަމައަށް ދޫވެ، ކުށްތައް އަންނަނީ ތަކުރާރުވަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!