މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހެއް
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހެއް ހިމެނޭކަމަށް އިނގިއްޖެއެވެ. މާލެއާއި ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 4 އަންހެނުންނާއި، 8 ފިރިހެނުންނެވެ. އޭގެ ތެރޭގައި ފުލުހެއް ހިމެނޭކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް، ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މަސްތުވާތަކެތީގ...