ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގުރޫޕު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަން އިޢުލާން ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން، ހޯދަން އިޢުލާން ކޮށްފައިވަނީ ޏ. ފުވައްމުލައް، ހޯދަޑު، ރޫލް، ޢަމީދު ޢަބްދުﷲ (24އ) އެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ އެއީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދާ މީހެއް ކަމަށެވެ.

ޢަމީދު ޢަބްދުﷲ އާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް އެޚިދުމަތުން ބުނެފައިވެއެވެ.