ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި
ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއްގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ. މި މައްސަލ...