މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި ހާދިސާ ހިނގާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުގެ ހެނދުނު 08:17 އެހައިކަންހާއިރު މާލޭގެ ރަތްވިލާމަގުގަައި ކަމަށެވެ.

Ad
rt

އެވަގުތު އެމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ދެ މީހަކުވެގެން ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަޚަމްކޮށްލާފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުންނެވެ. މި މައްސަލައިގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ:

1. މާލެ، ހ. ރޯޒެންޑޭލް، ޞަފްވާން ޒުފްރަތު (29 އަހަރު)
2. ށ. ފޭދޫ، އުދަރެސް، ޢަލީ ނާޝީދު (34 އަހަރު)

މީގެ ތެރެއިން ޞަފްވާން ޒަފްރަތު ހައްޔަރުކޮށްފައިވަނީ 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ ރޭ 21:19 އެހައިކަންހާއިރުއެވެ. އަދި ޢަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ އަވަހާރު 01:09 އެހައިކަންހާއިރުއެވެ.

ފުލުހުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެމީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.