މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ މާފަންނު ސަރަޙައްދުގައި ހުންނަ ކެފޭއެއްގައެވެ.
މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ދިވެހި ޒުވާނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު 15:28 ހާއިރުގައި ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.
މި މާރާމާރީގައި އަނިޔާ ލިބުނު ޒުވާނާ އަށް މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިލްގައި ފަރުވާދެމުންނެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!