ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއްގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.
މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!