ނ. ހޮޅުދޫގައި މިދިޔަ ހަފްތާގައި ހިނގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، 19 ޑިސެމްބަރ 2024 ވަނަ ދުވަހުގެ ވަގުތެއްގައި ނ. ހޮޅުދޫގައި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގާފައިވާ ކަމަށް ބުނެ 20 ޑިސެމްބަރ 2024 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ނ. ހޮޅުދޫ / ނިއު ލައިފް، މޫސާ ރިމްޒީ (30 އަހަރު) 23 ޑިސެމްބަރ 2024 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ އެ އިދާރާއިން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.

ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ހެއްކެއް، ގަރީނާއެއް މިހާތަނަކަށް ނެތް: ފުލުހުން

މޫސާ ރިމްޒީ އަކީ، ނ. ހޮޅުދޫ އިން 10 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާގެ ޒަކިއްޔާގެ ދަރިއެކެވެ.

ޒަކިއްޔާ މަރާލި ކަމަށް ތުހުމަތު ކުރިޔަސް ސުވާލު އުފެދޭ ކަމެއް ތަހުގީގުގެ މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް 3 ޑިސެމްބަރު 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފަވެއެވެ.