ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުރައިގެން ދިޔުމުން އަނބުރާ ރާއްޖެ ގެނެސް މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިހާރު ހިނގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިގާފައިވަނިކޮށް، މެލޭޝިއާއަށް ފުރައިގެން ދިއުމުން، މެލޭޝިއާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓެއްގައި ރާއްޖެ ގެނައުމަށް ފަހުއެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކޮށްފައިވާ މީހަކީ ހުސައިން އަރީޝް، ދިގުވާނޑު، ބަނަފްސާގެ/ޏ.ފުވައްމުލަކު އެވެ.
މީނާ އަކީ މިހާތަނަށް އެކި ކުށްތަކުގެ 26 މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީނާގެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!