މާލޭގައި ނޭޕާލު މީހަކަށް ވަޅިން ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ 11:58 ހާއިރުއެވެ.
މި މާރާމާރީ ހިނގާފައިވަނީ މާލޭގެ ކުރިކީލަ މަގުގައެވެ. ފުލުހުންގެ ޚިދުމަތުން ބުނާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލުގެ ފިރިހެނެކެވެ.
އޭނާއަށް ލިބުނު އަނިޔާ އަށް ފަރުވާދިނުމަށްޓަކައި އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އޭނާގެ ޙާލަތު ސީރިއަސް ނޫންކަމަށް ވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާކަމަށް އެ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!