މާލޭގައި ކެފޭއެއްގެ ބަދިގޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައި އެކަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:10 ގައި ކަމަށެވެ.
މި ކަން ހިނގާފައި ވަނީ މާލޭގެ މާވެޔޮ މަގުގައި ހުންނަ ''ތާސީރު'' ކެފޭގެ ބަދިގޭގައެވެ.
މި ހާދިސާގައި ބިދޭސީއަކު ޒަޚަމް ކޮށްލާފައިވާއިރު، އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ޒަޚަމްވި މީހާ ވެއްޓިފައި އޮއްވާ ފެނެއެވެ. އަދި އޭނާގެ ގައިން ފައިބާފައިވާ ލޭ ތަޅުންގަނޑުމަތިން ފެނެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިކަން ހިނގާފައި ވަނީ ބަންގްލަދޭޝް މީހަކާއި ނޭޕާލު މީހެއްގެ ދެމެދުގައެވެ. ތޫނުއެއްޗަކުން ހަމަލާދިނީ ބަންގްލަދޭޝް މީހާއެވެ. އޭނާ ދިން ހަމަލާގެ ސަބަބުން ނޭޕާލުވީ މީހާ ވަނީ ޒަޚަމްކޮށްލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!