މާލޭގައި ވަޅިން ހަމަލާދީ މީހަކު މިރޭ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މިރޭ 20:35 ހާއިރު ސަބްލިމަގުގައި ހުންނަ ޗާންދަލިޔާ ބުކްޝޮޕް ކައިރީގައި ހުރި ފިރިހެނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލަައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

Ad
rt

ވަޅީގެ ހަމަލާ އަމާޒުވުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ އުމުރުން 40 އަހަރުގެ ދިވެއްސެކެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.