މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ ''ސޮރީ ބޯއީ'' ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްލިބިފައިވާ ކަމަށެވެ.
އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
''އެމްވީ ކްރައިސިސް'' އަދި ''އެކްސިޑެންޓް އިން މޯލްޑިވްސް''ގެ މީސްމީޑިއާާ މަންސަތަކުގައި މި ހާދިސާގެ ވީޑިއޯ ހިމަނާފަވެއެވެ. އަދި މަންޒަރުދުއް މީހުންނާއި ހަވާލާދީ އެއީ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާަފައިވާ މީހެއްކަމަށް ބުނެފަވެއެވެ.
މި ވީޑިއޯ އިން ފެންނަ ގޮތުގައި މާލޭގެ މަޖީދީ މަގުގެ އެއްކައިރީގައި މީހަކު ވެއްޓިފައި އޮއްވާ ފެނެއެވެ. އެތަނުގައި ފުލުހުންނާއި ބައެއް އާންމުން ވެސް ހަރަކާތްތެރިވާތަނާއި، ފުލުހުންގެ އެމީހާ ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރާތަން ވީޑިއޯއިން ފެނެއެވެ. އެމީހާއަށް ލިބުނު ޒަޚަމް ވީޑިއޯއިން ސާފުނުވިނަމަވެސް އެމީހާ ތެޅެމުން ދިޔަތަން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!