މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު، އެ ގޭކައިރީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޯކިޑްޕްލާޒާގޭގައި އަލިފާން ރޯވެގެން އުޅުނު ވަގުތު އެގޭ ކައިރީ މަގުމަތީ ހުރި މީހަކާ، މީހަކު މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Ad
rt

އެ މާރާމާރީއާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމުން އަނބުރައި 3:32 ހާއިރުކަމަށް ފުލުހުންނާއި ސިފައިން ވެސް ވަނީ ބުނެފައެވެ.

އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

އެމްއެންޑީއެފުން ބުނީ ތަނުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ގޭގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިރޭ ފަތިހު 04:49 ހާއިރުކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފާއި، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ބުނެފައެވެ.

އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ.