މާލޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ ސައިކަލެއްގައި އައި ބައެކެވެ. އެގޮތުން އެކަކު އަނެކަކު ގައިގައި ތަޅާ އަނިޔާކޮށް، ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ފެނެއެވެ.

Ad
rt

މާރާމާރީ ހިންގުމަށް ފަހު ސައިކަލްގައި އައި ދެ މީހުން އެ ސަރަހައްދުން ދެއެވެ.

އެ ސަރަހައްދަށް ފުލުހުން އައި ނަމަވެސް އެ ދެމީހުން އަތުލައެއް ނުގަނެވުނެވެ.

މި ވީޑިއޯ އާ ގުޅިގެން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، މި މާރާމާރީގެ މައްސަލައިގައި ރޭގެ ވަގުތެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.