ހުޅުމާލޭގައި ދެ މީހަކު ދެމެދު ހިނގި މާރާމާރީއެއްގައި އެކަކުގެ ނޭފަތް ފަޅާލައިފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 20:20 އެހާކަށްހާއިރު ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ ކެފޭއެއްގެ ކައިރީގައެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި މި މާރާމާރީގައި އެކަކުގެ ނޭފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އަނެއް މީހާއަށް ބޮޑު އަނިޔާއެއް ވެފައިވާކަމަށް ބޭރުފުށުން ފެންނަން ނެތްކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި ފަރާތް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ވެސް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.