ރޯދައަށް ގޭތެރެ ސާފުކުރާއިރު އުފެދޭ ކުނި މަގުމައްޗަށް ނުނެރެން އަންގައިފި
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި އުފެދޭ ކުނި މަގުތަކަށް ނުނެރުމަށް އީޕީއޭ އިން އިލްތިމާސްކޮށްފިއެވެ. އީޕީއޭ އިން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ރޯދަމަހަށް ސާފުކޮށް ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމާއި، މިގޮތުން އުފެދޭ ކުނި ރަށްރަށާއި، ސިޓީތަކުގެ މަގުމައްޗަށާއި...