މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ފަރަށް ބާޖެއް ބީހުމާއި ގުޅިގެން، ފަރަށް ލިބުނު ގެއްލުން ބަލައިދިނުމަށް އެ ރަށު ކައުންސިލުން އީޕީއޭއަށް ހުށަހަޅައިފިއެވެ.

އެ އަތޮޅު މިލަންދޫ ބަނދަރު ހެދުމަށް ބޭނުންވާ ތަކެތި ގެނައުމަށް ބޭނުން ކުރަމުން އަންނަ ބާޖެއް ނަރުދޫ އިރުމަތީ ފަރާތު ފަރަށް އަރާފައި ވަނީ މި ހަފްތާ އާދީއްތަ ދުވަހުހެ ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

އެ ބާޖު ފުންކޮށްފައި ވަނީ އެ ރޭ ދަންވަރުއެވެ.

ނަރުދޫ ކައުންސިލުން ބުނީ އެހާބޮޑު ބާޖެއް އެރަށު ފަރަށް އެރުމާއި ގުޅިގެން އެތަނަށް ވަރަށް ބޮޑަށް ގެއްލުންވާނެކަމަށް ގަބޫލް ކުރެވޭތީ، އެތަނަށް ލިބުނު ގެއްލުން ބަލައިދިނުމަށް އީޕީއޭގައި ކައުންސިލުން ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ.

މިހާތަނަށް އީޕީއޭއިން އަދި ޖަވާބެއް ލިބިފައިނުވާ ކަމުގައި ކައުންސިލުން މައުލޫމާތުދެއެވެ.