މިސާލެއްގެ ގޮތުގައި މާލެ ނަގާވަރަށް ވުރެ މާލޭގެ ހާލަތުވަނީ ގޯސްވެފައިވާ ކަމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، މިސާލެއްގެ ގޮތުގައި ބަލަންވީ ދުބާއީ ސިންގަޕޫރު އަދި މާލެ ފަދަ ތަންތަން ނޫން ކަމަށާއި، އަތޮޅުތެރެއަކީ ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމަށް ބަރޯސާވެފައިވާ ތަންތަނަށްވާއިރު، އެކަމަށް ކުރާނެ އަސަރާ ދޭތެރޭ ވެސް ވިސްނަވައި، އަތޮޅުތެރޭގައި ތަރައްޤީ ކުރަންވާނީ ތިމާވެއްޓަށް ވަރަށް ބޮޑަށް ވިސްނައި ސަމާލުކަމެއް ދީގެން ކަމުގައި ވެސް ނައީމް ވަނީ ވިދާޅުވެފައެވެ.

Ad
rt

މާލެތަރައްޤީ ކުރެވިފައިވާ ގޮތުން ތޮއްޖެހުން ބޮޑުވެ މާލޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެފައި ވާ ކަމަށާއި، މާލޭގެ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ގޮތުގައި ބެލޭނެ ނިޒާމެއް ވެސް މިހާތަނަށް ޤާއިމްކުރެވިފައި ނުވާކަމުގައި ނައީމް ވަނީ ވިދާޅުވެފައެވެ.

ދިރިއުޅޭ މާހައުލު ނުސާފުވުމަކީ އޭގެ ސަބަބުން ފުއްޕާމެއަށް ޖެހޭ ބަލިތަކާއި، އަދިވެސް އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހިވާ ސަބަބަކަށް ވުމާއިއެކު، މާލޭގައި އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތަކެއް ހަރުކުރެވި އެކަން ބެލޭނެ ހަރުދަނާ ނިޒާމެއް މިހާރުން މިހާރަށް ވެސް މުހިންމުގައި ނައީމް ވަނީ ވިދާޅުވެފައެވެ.

ވުމާއިއެކު އަތޮޅުތެރެ ތަރައްޤީ ކުރާއިރު މިކަންކަމަށް ސަމާލުވެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަކީ މުހިންމު ކަމެއް ކަމުގައި ނައީމް ވަނީ ވިދާޅުވެފައެވެ.