ތިލަމާލެ ބުރިޖު އަޅަން ބޭނުންކުރި ޕްލެޓްފޯމް ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ވިލިމާލެ ފަރުމަތިން ނަގާނެ ކަމުގެ ޔަގީންކަން އެ މަޝްރޫއު ހިންގާ އެފްކޮންސް ޕްރައިވެޓް ލިމިޓެޑުން ދީފިއެވެ.
ބުރިޖު އަޅަން ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި އޮންނަތާ ހަފްތާއަކަސް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެމްބަރު އަހުމަދު އުޝަމް އިއްޔެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.
އެކަމާ ގުޅިގެން އެކުންފުންޏާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު އީޕީއޭއިން ބުނީ އެފްކޮންސްއިން ދެ ދުވަހުގެ ތެރޭގައި ފަރަށް އެރި "ޔުވްރާޖް" ޕްލެޓްފޯމް ނަގާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. އަދި އެއަށް ފަހު ލިބިފައިވާ ގެއްލުން ވެސް ބަލާނެ ކަމަށް ބުނެފައިވެއެވެ.
A meeting was held today with Ministry of National Planning, Housing and Infrastructure and AFCONS Infrastructure Limited on the salvage efforts to remove the Self Elevating Platform Yuvraj that ran aground on Villimale reef.
— EPA Maldives (@EPAMaldives) August 23, 2022
އެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރަން ދިމާވީ ވައިގަދަވުމާއި ރާޅު ބޮޑުވެ މޫސުން ގޯސްވެގެންކަމަށް އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި މީގެ ކުރިން ބުނެފައިވެއެވެ. ހާދިސާ ހިނގީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށްކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ބުނީޕްލެޓްފޯމް ފަރަށް އެރުމުގެ ޙާދިސާއާއި ގުޅިގެން ޕްރޮޖެކްޓްގެ ޓައިމްލައިނަށް އެއްވެސް ލަސްވުމެއް ނާންނާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!