ރ. ފާރުފުށީގައި ރިސޯޓު ތަރައްގީ ކުރި ފާރުފުށި އިންވެސްޓްމަންޓް 275،000ރ. އިން ޖޫރިމަނާ ކޮށްފިއެވެ.

އެ ކުންފުނި ޖޫރިމަނާ ކުރީ ރިސޯޓު ތަރައްގީ ކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފުވެފައިވާތީއެވެ.

Ad
rt

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ރިސޯޓު ތަރައްގީކުރަން ހުށަހެޅި އީއައިއޭ ރިޕޯޓާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީ ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަމަށެވެ.

އެގޮތުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް ވަނީ އަންގާފައެވެ.

ފާރުފުށި ރިސޯޓުގައި 80 ކޮޓަރިތަރައްގީ ކޮށްފައިވާއިރު އެ ރިސޯޓު ހުޅުވީ މާޗު 2019 ގަ އެވެ.

އެ ރިސޯޓުގެ ލީޒް އެގްރިމެންޓް ބަދަލުކޮށް އެހެން ބަޔަކަށް ވިއްކާލަން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިއުލާންކޮށްފައެވެ.