މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި
Thiladhunmathi News

ހިރިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ ފަށައިފި

ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ. އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް...

އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ
Raajje

އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ

އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން […]

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ
Raajje

ޒަކާތު ފަންޑުން ބޭސްފަރުވާއަށް މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ

ބޭސްފަރުވާއަށް، މިއަހަރުގެ މިހައިތަނަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ. އެ މިނިސްޓްރީން ހާމަކުރެއްވި ފާއިތުވި 4 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އެކުޖުމްލަ 49.7 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ބޭސްފަރުވާއަށް ހަރަދުކޮށްފަ އެވެ. އަދި އެ ފަންޑުން ބޭސްފަރުވާއަށް އެންމެގިނައިން ހަރަދުކޮށްފައި ވަނީ ވެސް މިއަހަރު އެވެ. އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ...

ފަތުރުވެރިންނާއި ބިދޭސީންނަށް ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކަށް ޢަމަލު ކުރުމަށް އިރުޝާދު ދިނުން މުހިންމު: އިސްލާމިކް މިނިސްޓްރީ
Raajje

ފަތުރުވެރިންނާއި ބިދޭސީންނަށް ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކަށް ޢަމަލު ކުރުމަށް އިރުޝާދު ދިނުން މުހިންމު: އިސްލާމިކް މިނިސްޓްރީ

ރާއްޖެގެންނަ ފަތުރުވެރިންނާއި، ވަޒީފާތަަކަށް ގެންނަ ބިދޭސީން ގެންނަ ފަރާތްތަކުން، އެފަރާތަކުން ގެންނަ ފަތުރުވެރިންނާއި، ބިދޭސީން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލު ކުރުމަށް އިރުޝާދު ދިނުން މުހިންމު ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން އާންމުކުރި ސަރކިއުލަރއެއްގައި ވަނީ ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ ބޭރުމީހުން ކޮންމެ ދުވަހަކު ވެސް ޒިޔާރަތްކުރާ ޤައުމެއް ކަމަށާއި އެހެންކަމުން ދިވެހި ރ...

މިސްރުގައި ހިންގާ އިމާމުން ތަމްރީނުކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

މިސްރުގައި ހިންގާ އިމާމުން ތަމްރީނުކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިސްރުގައި ހިންގާ އިމާމުން ތަމްރީނުކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު، އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ވިދާޅުވީ މިއީ މިސްރުގެ ގާހިރާގައި ދެ މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާއި ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވާން ޖެހެއެވެ. އަދި ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުމާއި ދީނީ ތަގްރީރު ކުރުމާއި، ވަޢުޡު...

އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް: ހުތުބާ
Raajje

އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް: ހުތުބާ

އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަގީދާއެއް ކަމަށާއި އެއީ ތިމާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޔަޤީންކަމެއް ކަމަށް ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އީމާންކަން ހަރުދަނާކުރުން” މި މައުޟޫއަށް ކުރިއަށްގެންދިޔަ ހުތުބާގައި ވަނީ ހަގީގީ މާނާގައި، މާތް الله އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި ބާއްޖަވެރިކަމުގެ އިޙްސާސްތައް އުފައްދާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެކަލާނގެ އަމުރުކުރެއްވި ކަންކަން އަދާކޮށް، ކިޔަމަންތެރިކަމުގެ ތެރެއަށް އިންސާނާއަށް ވެދެވޭ ކަމެއް...

ސަރުކާރުގެ ބޭނުމަކީ ފައިސާއެއް ދީފައި ދޫކޮށްލުމެއް ނޫން: ފަޔާ
Raajje

ސަރުކާރުގެ ބޭނުމަކީ ފައިސާއެއް ދީފައި ދޫކޮށްލުމެއް ނޫން: ފަޔާ

ސަރުކާރުގެ މައިގަނޑު ބޭނުމަކީ ފައިސާއެއް ދީފައި އެހާހިސާބުން ދޫކޮށްލުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޟު އިސްމާއީލް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޒަކާތު ނަފާ ޕްރޮގްރާމް ޓްރައި ޕާޓީ ފަހުމުނަމާގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފައްޔާޟު ވިދާޅުވީ ފައިސާ ދީފައި އޭގެ އަސްލު ބޭނުމާއި ހަމައަށް ދެވެންދެން އެކަމުގައި ސަރުކާރުން އެހީތެރިވެދޭނޭ ކަމަށެވެ. ފަގީރުކަމަކީ...

"ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި
Raajje

"ޒަކާތު ނަފާ" ޕްރޮގްރާމް ފަށައިފި

“ޒަކާތު ނަފާ” ޕްރޮގްރާމް ފަށައިފި އެވެ. މިއީ ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ފެށި ޕްރޮގްރާމެކެވެ. އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފެށި މި ޕްރޮގްރާމް ހިންގުމަށް އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސްލާމިކް މިނިސްޓްރީގެ...

މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާކަމެއް: ހުތުބާ
Raajje

މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާކަމެއް: ހުތުބާ

ވިޔަފާރިއާއި އެ ނޫން މުޢާމަލާތްތަކުގައި ވެސް މަކަރު ހަދައި އޮޅުވާލުމަކީ ތިމާގެ ދެ ދުނިޔެ އަބާއްޖަވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދުމަކޮށްދެއްވައިފި އެވެ. ހުތުބާގައި ވަނީ މަކަރުހަދައި، އޮޅުވާލުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި ކޮންމެ މީހަކު ވެސް ދުންޔަވީ ހަޔާތުގައި މަސައްކަތް ކުރަމުން ދަނީ އުހުރަވީ ހަޔާތުގެ ބާއްޖަވެރިކަން ހޯދުމަށް ވިދާޅުވެފަ އެވެ. “މަކަރާއި ހީލަތް ހަދައި، އޮޅުވާލައިގެން މީސްތަކުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާއިރު، އެކަމާ މެދު ކުޑަކޮށް ވެސް ވިސްނާލިން...

ހިންދޫ ދީނުގެ އަޅުކަން ކުރި މައްސަލަ ކުށްވެރިކޮށް، ފުލުހުންނަށް ހުށަހަޅައިފި
Raajje

ހިންދޫ ދީނުގެ އަޅުކަން ކުރި މައްސަލަ ކުށްވެރިކޮށް، ފުލުހުންނަށް ހުށަހަޅައިފި

އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަމެއް ކޮށްފައިވަނިކޮށް، އެ މައްސަލަ ކުށްވެރިކޮށް އެ މައްސަލަބައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ. އައްޑޫގެ މަގުތައް ހަދަނީ ތިލަމާލެ ބްރިޖު ހެދުމަށް ވެސް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަން ކުރާ ވީޑިއޯތައް ވަނީ މީސްމީޑިއާގައި އާންމުވެފައިއެވެ. ހިތަދޫ މަގުތައް ހެދުމުގެ...

މުފްތީގެ ދަރުސްތަކުން ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރަން: އިސްލާމިކް މިނިސްޓަރު
Raajje

މުފްތީގެ ދަރުސްތަކުން ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރަން: އިސްލާމިކް މިނިސްޓަރު

މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުން ވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް، ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނެވެ. މުފްތީ ފުރާވަޑައިގެންނެވީ އަންގާރަދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މ...

ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާން ކުރުމަކީ މާނައެއް ނެތް ކަމެއް: މުފްތީ
Raajje

ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާން ކުރުމަކީ މާނައެއް ނެތް ކަމެއް: މުފްތީ

ދިރިއުޅުމުގައި މައްސަލައެއް ދިމާވާއިރަށް މުޅި ދުނިޔެއަށް އެވާހަކަ އިއުލާންކޮށް، އާއިލާއާއި ރައްޓެހިންނާ ހަމައަށް އެވާހަކަތައް ގެންދިއުމުގެ މާނައެއް ނެތްކަމަށް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއަށް ހޯމަ ދުވަހުގެރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮތް ދަރުހުގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދިރިއުޅުމުގައި މައްސަލައެއް ޖެހޭއިރަށް އަނެކަކު ކުށްވެރިނުކޮށް މައްސަލަ ހައްލުކުރުމަށް އެކަކު އަނެކަކަށް މަސައްކަތްކުރަންޖެހެނީ އިޚްތިރާމާއިއެކު ކަ...

އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ ނަސޭހަތްތެރިވެވަޑައިގެންފި
Raajje

އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ ނަސޭހަތްތެރިވެވަޑައިގެންފި

އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ނަސޭހަތްތެރިވެވަޑައިގެންފި އެވެ. އޭނާ މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ އާދިއްތަ ދުވަހުގެރޭ، އައްޑޫ ސިޓީގައި ބޭއްވި ދަރުހުގައި ތަޤްރީރުކުރައްވަމުން ނެވެ. “އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް” މި މައުޟޫއަށް ކުރިއަށްގެންދެވި ދަރުހުގައި މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު، އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ. އެގޮތުން އަޅުކަމާއި ދިރިއުޅުމ...

އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް
Raajje

އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް

މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުންނާއި އިހާނެތިކޮށް ހިތުމަކީ ތިމާގެ އަމިއްލަ ނަމުގައި ދެދުނިޔޭގައިވެސް ނަގާ ދަރަންޏެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރޫގެ ދައުވަތަކަށް މިހާރުރާއްޖެއަށް އުޅުއްވާ ދީނީ އިލްމުވެރިޔާ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ގައި ދެއްވި ދަރުހުގަ އެވެ. “އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށް” ދެއްވި ދަރުހުގައި މުފްތީ ވަނީ އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރު އަޅުއްވާމިންވަރުން މިސާލުޖައްސަވާފަ އެވެ. އަދި ނަރަކަވެރިއ...

އައްޑޫ އާއި ފުވައްމުލަކުގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ
Raajje

އައްޑޫ އާއި ފުވައްމުލަކުގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފުވައްމުލައް ސިޓީގައި ދަރުސް ދިނުމަށް މިހާރުހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ. އަދި އައްޑޫ ސިޓީގައި ދަރުސް އޮންނާނީ 30 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ރޭ  އައްޑޫ ހައި ސްކޫލްގައި ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން […]