އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފުވައްމުލައް ސިޓީގައި ދަރުސް ދިނުމަށް މިހާރުހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ. އަދި އައްޑޫ ސިޓީގައި ދަރުސް އޮންނާނީ 30 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގައި ކަމަށެވެ.

Ad
rt

އެ މިނިސްޓްރީން ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިން ވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު 8:45 ކަމަށެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢު އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.