Skip to main content
Topic Archive

#އަލިފާނުގެ ހާދިސާތައް

108 Stories filed
ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދާ ހުލިވެއްޖެ، 73 މީހަކަށް އަނިޔާވެގެން ފަރުވާދެނީ
Raajje

ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދާ ހުލިވެއްޖެ، 73 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ގުޅީފަޅުގައި ހުންނަ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އަނދާ ހުލިވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ އިމާރާތުގައި 465 މީހުން ދިރިއުޅެއެވެ. އޭގެތެރެއިން 73 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.  މި އިމާރާތުގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލާފައި ވީނަމަވެސް، މި ހާދިސާގައި މި އިމާރާތް އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފ...

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ހެންވޭރު، ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައިއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން، އެތަނުގައި ރޯވި އަލިފާން ނިއްވާލާފައި ވަނީ މިރޭ 4:23 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 3:57 ހާއިރު ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައިއެވެ. ”މައުލޫމާތު ލިބިފައި ވަނީ މި […]

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ފިހުނު މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި
Raajje

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ފިހުނު މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

މިއަހަރުގެ ނިވެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭ ތިރީގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗް ގެ އައިސީޔޫ ގައި ފަރުވާދެމުން ދިޔަ މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ރާއްޖޭގައި މިހައިތަނަށް ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެގިނަ މީހުން ނިޔާވެފައިވަނީ މި ހާދިސާގަ އެވެ. އެގޮތުން އެ ގޭގައި ދިރިއުޅުނު 10 ބިދޭސީއެއް ވަނީ […]

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި
Raajje

ނިރުފެހިގެ ސާފުކޮށް ނިންމާލައިފި

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކޮށް ނިންމާލައިފިއެވެ. ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ގޭ ސާފުކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ އެ މި ނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް ޑިޕާޓްމަންޓުންނެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ އެވެ. އެ ހާދިސާގައި […]

ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ
Raajje

ނިރުފެހިގެ އަލިފާނުގެ ހާދިސާ: ހާލު ސީރިއަސްވި މީހާ ވޯޑަށް ބަދަލުކުރަނީ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ވޯޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ވޯޑަށް ބަދަލުކުރާނެ ކަމަށެވެ. މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ހިނގި މި އަލިފާނުގެ ހާދިސާއަކީ، ރާއްޖޭގައި މިހައިތަނަށް އެންމެގިނަ މީހުން ނިޔާވި ހާދިސާ […]

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާ: ވަގުތީ ހިޔާތަަކުގައި ތިބި ކުދިންގެ ސްކޫލަށް ބޭނުންވާ ހުރިހައި ތަކެތި ހޯދައިދީފި
Raajje

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާ: ވަގުތީ ހިޔާތަަކުގައި ތިބި ކުދިންގެ ސްކޫލަށް ބޭނުންވާ ހުރިހައި ތަކެތި ހޯދައިދީފި

މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ މާފަންނު ނިރުފެހި ގޭގެ ގަރާޖުގައި ހިނގި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންނަށް 135،000 އަށް ވުރެ ގިނަ ރުފިޔާ މިހައިތަނަށް ހަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާއިން ވިދާޅުވީ އެގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މިހައިތަނަށް 33 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި […]

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާ: ނިޔާވި އެންމެން ދެނެގަނެވިއްޖެ
Raajje

ނިރުފެހިގޭގެ އަލިފާނުގެ ހާދިސާ: ނިޔާވި އެންމެން ދެނެގަނެވިއްޖެ

މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެގަނެވިފައިނުވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެ އެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެއީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް އަންގާފައި ކަމަށް ވެސް ވިދާޅުވި އެވެ. މީގެ […]

ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި
Raajje

ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ފޮޓޯއާއި މަޢުލޫމާތު އާއްމު ނުކުރުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ. އެ އޮތޯރިޓީން މި އިލްމާސް ކުރެއްވީ އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތުކަމަށް ބުނެ، ބައެއް ފަރާތްތަކުން ފޮޓޯ އާއި މައުލޫމާތުތައް ފަތުރަމުންދާތީ އެވެ. މިކަމާއިގުޅިގެން އެންޑީއެމްއޭ އިން ވަނީ މިފަދަ ހިތާމަވެރި ވަގުތެއްގައި އެމީހުންގެ އާއިލާގެ މީހުންގެ އިހްސާސްތަކަ...

މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް
Raajje

މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ”ރިޕޯޓު ލިބުނީ 21:23 ގައި” އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ. މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައި...

އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމަށް ދިމާވާ އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން: ރައީސް
Raajje

އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމަށް ދިމާވާ އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން: ރައީސް

އަލިފާނުގެ ހާދިސާފަދަ ކަންކަން ހިނގުމުގައި އެންމެބޮޑު މައްސަލައަކީ މާލެ ތޮށްޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަަހައްދަށް ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށެވެ. އެންމެބޮޑު މައްސަލައަކީ މާލޭގައި ތޮށްޖެހިފަ އޮތް އޮތުން ކަމަށާއި ދިރުއުޅުމުގެ ހާލަތު އޮތްގޮތްކަން ފާހަގަކު...

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ
Raajje

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ އެވެ. ދިވެހި ފުލުހުންގެ އިދާރާ އިން ވިދާޅުވީ ރޭ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވެފައިވާ މީހުނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް އިދާރާ އިން ކުރަމުން އަންނަކަމަށެވެ. އެހެންވެ، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އެ […]

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް
Raajje

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 10 އަކަށް، 31 މީހަކު ވަގުތީ ހިޔާތަކަށް

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އެހާދިސާއާއި ގުޅިގެން މިހާތަނަށް 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީންނެވެ. ރޭ ދަންވަރު 12:27 ހާއިރު މި ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގަ އެވެ. މި […]

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި
Raajje

އަލިފާނުގެ ހާދިސާ: ނިޔާވި މީހުންގެ އަދަދު 9 އަށް އަރައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި ނިޔާވި މީހުންގެ ޢަދަދު 9 އަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ނިޔާވެފައިވާ އިތުރު މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ”ނިޔާވެފައިވާ މީހެއްގެ ހަށިގަނޑު ދާދި ދެންމެއަކު ވަނީ ފެނިފައި، މިހާރު ނިޔާވި މީހުންގެ އަދަދަކީ 9” އެމްއެންޑީއެފުން ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ވަނީ ރޭގެ ހާދިސާގައި މިހާތަނަށް 9 މީހަކު ނިޔާވެފައިވާ ކަމަށް ވިދާޅުވެފައިއެވެ. ރޭގައި އަލިފާން ރޯވީ މާލޭ މާފަންނު، ނިރުފެހި […]

އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ
Raajje

އަލިފާނުގެ ހާދިސާ: 8 މީހަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ އަލިފާން ރޯވި ހާދިސާގައި 8 މީހަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެއަށްފަހު ސިފައިން ވަނީ އަލިފާނުގެ ހާދިސާ ހިނގި ތަނަށް ވަދެފައެވެ. ”އެ ގޭގައި ދިރިއުޅޭ މީހުންގެ ފަރާތުން އިނގިފައި ވަނީ 9 މީހުން މަދުކަމަށް، މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހުން ވަނީ ނިޔާވެފައި، އެކަކު […]

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި
Raajje

މާލޭގެ ގަރާޖެއްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލައިފި

މާލޭގެ ގެއެއްގައި ހުރި ގަރާޖެއްގައި ރޭ ރޯވި އަލިފާން އެއްކޮށް ނިއްވާލައިފިއެވެ. މާލޭ އިސްކަންދަރު މަގާއި، ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވީ ރޭ 12:27 ހާއިރުއެވެ. އެމްއެންޑީއެފް މީޑިއާއިން ފަތިހު 5:46 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ގަރާޖުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. މިހާދިސާގައި ބަޔަކު ނިޔާވެފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެކަމާބެހޭ ތަފްސީލް އަދި ކަމާބެހޭ އިދާރާތަކުން ސާފުކޮށެއް ނުދެއްވައެވެ. ”މި...