Skip to main content
Topic Archive

#އަލިފާނުގެ ހާދިސާތައް

108 Stories filed
ރޯވި މަކުނުދޫ ބޯޓުން ދަތުރުކުރި މީހުން ކަަމަދޫ އަށް ގެންގޮސްފި
Thiladhunmathi News

ރޯވި މަކުނުދޫ ބޯޓުން ދަތުރުކުރި މީހުން ކަަމަދޫ އަށް ގެންގޮސްފި

މާލެއިން ފުރައިގެން ދަތުރު ކުރި ހދ. މަކުނުދޫ ” ހޮރީޒިއާ 2” ބޯޓުގައި ރޯވެ އަނދާފައިވާއިރު، އެ ބޯޓުން ދަތުރު ކުރި އެންމެން ބ. އަތޮޅު ކަމަދޫ އަށް ގެންގޮސްފިއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި އަންހެނެއް އަދި ކުޑަކުއްޖަކު ވެސް ނުހިމެނެއެވެ. މި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މުހައްމަދު ހަމީދު ކަމަދޫގައި ހުރެ ”ތިލަދުން” އަށް ބުނީ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ އޭނާ […]

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ
Thiladhunmathi News

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ މަކުނުދޫ ބޯޓެއްގައި ރޯވެއްޖެ

މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ހދ. މަކުނުދޫ ބޯޓެއްގައި ރޯވެއްޖެއެވެ. މަކުނުދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބުދުﷲ މާހިދު “ތިލަދުން” އަށް ވިދާޅުވީ، އެ ބޯޓުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. “މުޅި ބޯޓުގައި ވަނީ ރޯވެފައި، އެއް ވެސް މީހަކަށް އަނިޔާއެއް ނުވޭ” މާހިދު ވިދާޅުވިއެވެ. ”ހޮރީޒިއާ 2” ނަމަކަށް ކިޔާ މި ބޯޓުގައި 10 މީހުން ތިބިއިރު އެ އެންމެން ވެސް ވަނީ ސަލާމަތްތެރިކަމާއެކު ފޯ ސީޒަން […]

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. ބޯގަންވިލާ ގޭގަ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު ”ތިލަދުން” އަށް ބުނީ އެ ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނާތީ ފެންނަކަމަށެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، މއ. ބޯގަންވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެ ގޭގައި ރޯވި އަލިފާން އެމްއެންޑީއެފްގެ ފަޔާ...

‏ހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި އަލިފާނުގެ ހާދިސާއެއް
Raajje

‏ހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި އަލިފާނުގެ ހާދިސާއެއް

ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ހިޔާ ފްލެޓްތައް ހުންނަ ހުޅުމާލޭގެ ބެލެނިވެރިފަރާތް އާބަންކޯ އިން މިރޭ ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ، ހިޔާ ފްލެޓްގެ އެޕާޓްމަންޓް H5-17-02 ގެ ބެލްކަނީގައިކަމަށެވެ. އެ އެޕާޓްމަންޓްގެ ބެލްކަނީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށް ނިއްވާލާފައިވާއިރު، އެ އެޕާޓްމަންޓްގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ކުންފުނިން ބުންޏެވެ. ”‏މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން މި ހާދިސާ ހިނ...

ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ
Raajje

ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ސިނާއީ ރަށް، ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ”އަލިފާން ރޯވެގެން ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަނީ. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު” އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއަދު 14:00 ހާއިރު އެ އިމާރާތުގައި ރޯވި އަލިފާނުގެ 80 ޕަސަންޓް ކޮންޓްރޯލް ކޮށްފައިވާއިރު، އިތުރު ތަނަކަށް އަލިފާން ފެތުރިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ...

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ
Raajje

އަލިފާން ރޯވި ބޯޓު އަޑިއަށް ހިނގައްޖެ

ރޯވި ”އާގަލާ” ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. […]

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ
Raajje

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ. ގައުމީ ދިފާޢީ ބާރުން ވިދާޅުވީ އަލިފާން ރޯވީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ “އާގަލާ” ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށެވެ. އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރު ކަމަށް […]

މާލޭ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލްކޮށްފި
Raajje

މާލޭ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް، އަލިފާން ކޮންޓްރޯލްކޮށްފި

މާލޭ އޯކިޑް މަގުގައި ހުންނަ އިވްނިންގް ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިރޭ 18:12 ގައެވެ. މި ހާދިސާގައި އިލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިންގެ ފަޔަ އެންޑް ރެސްކިއުގެ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.  އަދި ހާދިސާއާއި ގުޅިގެން ކެފޭގެ ވަށައިގެންވާ ގެތައް ވެސް ހުސްކުރިއެވެ. އެ ކެފޭގައި ރޯވުމުން ބޯ ދުން ބޮޑު […]

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
Raajje

ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

މާލޭ ނީލަން ފިހާރައިގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި އެތަނުގައި ރޯވި އަލިފާން އެ އިދާރާގެ ފަޔާ އެންޑް ރެސްކިއު ސަވިސްއިން ވަނީ މިހާރު ކޮންޓްރޯލްކޮށްފައެވެ. އެތަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައި ވަނީ ފަތިހު 5:43 ގައެވެ. އަދި އެތަނުގައި ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލްވިކަން އެ އިދާރާއިން މީޑިއާތަކަށް އެންގީ 12:36 ގައެވެ. މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި އަލިފާން […]

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް
Raajje

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް

އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިގެން ވިދާޅުވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ރޯވެ، އަނދަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓިގައި، މި ހާދިސާތައް ތަހުގީގުކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ކަމަށާއި އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން...

އަލިފާނުގެ ހާދިސާ: އިމާދުއް ދީން ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދެވޭގޮތެއްނުވި
Raajje

އަލިފާނުގެ ހާދިސާ: އިމާދުއް ދީން ސްކޫލްގައި ކިޔެވުން ކުރިއަށް ގެންދެވޭގޮތެއްނުވި

އިމާދުއްދީން ސްކޫލާއި އިންވެގެން ހުންނަ މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެފައިވާއިރު، އެ ސްކޫލްގައި މިއަދު ކިޔެވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނީލަން ފިހާރާގައި ރޯވި އަލިފާން ކޮންޓްރޯލްވެފައި ވީނަމަވެސް، އަދި ވެސް ދަނީ ވަރަށް ބޮޑަށް ދުން އަރަމުންނެވެ. އެހެންކަމުން އިމާދުއްދީން ސްކޫލާއި އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައެވެ. އިމާދުއްދީން ސްކޫލްގެ އިތުރުން އެ ސަރަހައްދުގައި ހުންނަ އިއްޒުއްދީން ސްކޫލްގައި ވެސް ހެނދުނު ދަންފަޅީގެ ކިޔެވުން ނެތް ކަމަށް މައުލޫމާތު ލިބެއެވ...

މާލޭ ނީލަން ފިހާރާގައި ރޯވެ އަނދަނީ
Raajje

މާލޭ ނީލަން ފިހާރާގައި ރޯވެ އަނދަނީ

މާލޭ ނީލަން ފިހާރާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ނީލަން ފިހާރަ ހުންނަ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން އަންނައިރު ބާރުގަދަ ގޮވުންތަކުގެ އަޑުވެސް އިވޭކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނެއެވެ. އަދި އެތަނުގައި އަލިފާން ރޯވެފައި ވަނީ ފަތިހު 5:45 ހާއިރު ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ. އެތަނުގައ...

އަލިފާނުގެ ހާދިސާ: އެފްކޮންސް މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފި
Raajje

އަލިފާނުގެ ހާދިސާ: އެފްކޮންސް މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފި

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ބުރާސްފަތި ދުވަހު ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ އިމާރާތުގައި އުޅުނު އެކަކު ނުފެންނާތީ، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ އިމާރާތުގައި އުޅުނު މީހުންގެ ތެރެއިން މީހަކު އެ ހާދިސާއަށްފަހު ނުފެންނަކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ”އަލިފާނ...

ގުޅީފަޅުގައި އެފްކޮންސްގެ މުވައްޒަފުން އިހުތިޖާޖުކޮށްފި
Raajje

ގުޅީފަޅުގައި އެފްކޮންސްގެ މުވައްޒަފުން އިހުތިޖާޖުކޮށްފި

ތިލަމާލެ ބުރިޖުގެ މަސައްކަތްކުރުމަށް ރާއްޖޭގައި އުޅެމުންދާ އެފްކޮންސްގެ މުވައްޒަފުން ގުޅީފަޅުގައި މިއަދު އިހުތިޖާޖު ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން އިހްތިޖާޖުކުރީ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެމީހުންގެ މުދަލަށް ގެއްލުންވުމުންނެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި 76 މީހަކަށް އިންދިރާ ގާނ...

އަލިފާނުގެ ހާދިސާ: އަނިޔާވި މީހުންގެ އަދަދު 76 އަށް، 6 މީހަކަށް ސީރިއަސް އަނިޔާ ލިބުނު
Raajje

އަލިފާނުގެ ހާދިސާ: އަނިޔާވި މީހުންގެ އަދަދު 76 އަށް، 6 މީހަކަށް ސީރިއަސް އަނިޔާ ލިބުނު

ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 76 މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ. ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި...