މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް ކާކުކަން ދެނެގަނެވިފައިނުވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެއީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ.
އެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއަށާއި އެމްބަސީތަކަށް އަންގާފައި ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ނިޔާވި މީހުންގެ އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެ ގައުމެއްގެ އެމްބަސީ އާ ގުޅިގެން ފުލުހުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިއާއެކު އެ ހާދިސާގައި އިންޑިއާގެ 8 މީހުން ވަނީ ނިޔާވެފަ އެވެ.
އެ ހާދިސާގައި ނިޔާވި މީހުންގެ އަދަދު 10 އަށް އެރިއިރު، 31 މީހަކު ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ވިދާޅުވެފަ އެވެ. އެއީ 13 ދިވެހީންނާއި 18 ބިދޭސީން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!